ސަރުކާރުގެ ވައުދު

އިޖްތިމާޢީ ގޮތުން ރާއްޖެއަށް، ވަކިން ޚާއްޞަކޮށް މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ގޯތިގެދޮރުވެރިކަމުގެ ދަތިކަމެވެ. މިކަމަށް ޙައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދެވެ. އެ ގޮތިން ގެދޮރު ނެތުމުގެ ނިކަމެތިކަން ފިލުވުމާއި ގެދޮރުގެ ތަނަވަސްކަން އިތުރުކުރުމަކީ ރައީސް ޔާމީން ގެ އިންތިޚާބީ ވަޢުދެކެވެ. އެ ގޮތުން ސަރުކާރުގެ އަމާޒަކީ ގެދޮރުގެ ތަނަވަސްކަން އިތުރުކުރުމަށް ތަފާތު ފުރުޞަތު ހޯދައި ދިނުމެވެ. "ގެދޮރުވެރިކުރުން" މި ޕްރޮގްރާމަކީ މިގޮތުން ބޯހިޔާވަހިކަން ހޯދައި ދިނުމަށް ސަރުކާރުން ފްލެޓް ޢިމާރާތްކޮށް ދޫކުރުމާއި، ސަރުކާރުން އެހީތެރިވެގެން އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފުރުޞަތު ތަނަވަސް ކުރުމަށް ހިންގޭ ޚާއްޞަ ޕްރޮގްރާމެކެވެ.